ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުނީރުލް އިސްލާމް މަރާލި މައްސަަލައިގައި ހުކުމް އިއްވާފައިވާ ބަންގްލަދޭޝް މީހެއް ކަމަށްވާ ކަމްރުލް އިސްލާމް، ހުޅުމާލެ ޖަލުން ފިލި ކަމާއި، ހަމަ އެެ ދުވަހު ކަމަރުލް އިސްލާމް އަތުލައިގެންފައިވާކަން އެނގިއްޖެއެވެ.
މުނީރުލް އިސްލާމް، 26 ނޮވެމްބަރު 2012 ވަނަ ދުވަހުގެ ވަގުތެއްގައި ހ. ޗާންދަނީމަގު 24 ނަންބަރު ގޭގެ ހަވަނަ ފްލޯގައި ނިދާފައި އޮއްވައި ކަމްރުލް އިސްލާމް ވަނީ އޭނާގެ ކަރަށް ވަޅި ހަރައި މަރާލައިފައެވެ.
އެހެންވެ ދައުލަތުން ވަނީ އޭނާގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފައެވެ. އެ ދައުވާ ކަމްރުލް އިސްލާމްގެ މައްޗަށް ކުރިމިނަލް ކޯޓުން ސާބިތުނުވާ ކަމަށް ހުކުމްކުރި ނަމަވެސް، ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ވަނީ ކަމްރުލް އިސްލާމްގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ހުކުމްކޮށްފައެވެ.
އެނގިފައިވާ ގޮތުގައި ހުކުމް ތަންފީޒުކުރުމުންދާ ގައިދީންނަށް ލިބިދޭ މުޖުތަމައަށް ހިދުމަތްކުރުމުގެ ފުރުސަތުގެ ދަށުން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ ހުޅުމާލޭ ޖަލުގެ މަސައްކަތަށް އޭނާ ގެންދިޔައެވެ.
އޭނާ ފިލާފައިވަނީ ހުޅުމާލެ ޖަލުންނެވެ. ނަމަވެސް ހަމަ އެ ދުވަހު އޭނާ ހޯދައި އަތުލައިގެންފައިވެއެވެ.
މުހައްމަދު އިޝާން
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް