ދިއްލީގެ ވައި ނުސާފުވެ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ވައި ނުރައްކާތެރި ދަރަޖައަކަށް ނުސާފުވެފައިވާ އިރު، ދިއްލީގެ ސަރުކާރުން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
ރިޕޯޓުތައް ބުނާގޮތުން ދިއްލީގެ ސްކޫލުތަކުން ވަނީ ޕްރައިމަރީގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް ހައިބްރިޑް ގޮތަކަށް ކިޔަވައިދޭން ފަށާފައިވާ ކަަމަށެވެ. އަދި މީގެ އިތުރުން ދިއްލީގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ފަރާތްތަކުން ވެސް މަސައްކަތް ވަގުތީގޮތުން ހުއްޓާލުމަށް އަންގާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުން ބުނީ ދިއްލީގެ މޫސުން ނުރައްކާތެރި ދަރަޖައަކަށް ގޯސްވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކާ ވެފައިވާ ކަމަށެވެ.
ދިއްލީގެ ވައި އިއްޔެ ހުރީ ޑަބްލިއުއެޗްއޯގެ މިންގަނޑުން ބަލާނަމަ 30 ދަރަޖަ ނުރައްކާ ލެވެލްއެއްގައި ކަަމަށް އެގައުމުގެ ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑުން ބުނެއެވެ.
ސިއްހީ އޮފިޝަލުން ވަނީ ނުރައްކާ ދަރަޖައަށް ވައި ނުސާފު ވުމާއެކު ވައިގެ ތެރޭގައި ހުންނަ ނުރައްކާތެރި މާއްދާތައް ނޭވާގެ ޒަރިއްޔާއިން ފުއްޕާމެއަށް ވަދެއްޖެ ނަމަ ސިއްހަތަށް ނުރައްކާވާނެ ކަމަށް ބުނެފައެވެ.
އޮފިޝަލުން ވަނީ ދިއްލީގެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން މިދުވަސްވަރު ބޭރަށް ނުކުމެ ނޫޅުމަށް އަންގައިފައެވެ. އަދި ކޮންމެހެން ނުކުންނަން ޖެހިއްޖެ ނަމަ މާސްކު އެޅުމަށް ވެސް އަންގައިފައެވެ.
މުހައްމަދު އައުޒަމް
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ