ޕޮކިމޮން ތީމް ޕާކެއް ޖަޕާނުގައި ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެގައުމުން ބުނެފިއެވެ.
ގޭމް ކުޅޭ ފަރާތްތަކުގެ މެދުގައި މަގުބޫލު ޕޮކިމޮންގެ ތީމް ޕާކު ޖަޕާނުގައި ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ކަަމަށް އޮފިޝަލުން ބުނެއެވެ.
ދަ ޕޮކިމޮން ކޮމްޕެނީއާއި ޖަޕާނުގެ ޔޮމިއުރިލެންޑް އެމުސްމެންޓް ޕާކް ގުޅިގެން ހުޅުވުމަށް ހަމަޖެހިފައިވާ އެ ޕާކް ވެގެން ދާނީ ދުނިޔޭގައި ފުރަތަމަ ފަހަރަށް ހުޅުވިގެންދާ ޕޮކިމޮން ތީމް ޕާކަށެވެ.
އަންނަ އަހަރުގެ ފެބްރުއަރީ މަހު ހުޅުވުމަށް ނިންމާފައިވާ އެ ޕާކަށް ވަންނަން ބޭނުންވާ މީހުންނަށް މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ޕޮކެޕާކް ކެންޓޯ އިން ޓިކެޓު ގަނެވޭނެއެވެ.
ޖަޕާނުގައި ހުޅުވާ ޕޮކިމޮން ތީމް ޕާކުގައި ޕޮކިމޮންއާ ގުޅޭ ކެރެކްޓަރުތަކުގެ ހަރަކާތްތައް ދައްކާލުމަށް ހަމަޖެހިފައިވާކަަމަށް އެ ކުންފުނިން ބުނެއެވެ.
ޕޮކިމޮން ތީމް ޕާކަށް ވަދެވޭނީ އުމުރުން ފަސް އަހަރުން މަތީގެ ފަރާތްތަކަށް ކަމަށް އެ ކުންފުނިން ބުނެއެވެ.
މުހައްމަދު އައުޒަމް
ޖަޕާން
ޖަޕާން
ޖަޕާން
ޖަޕާން