ޕާކިސްތާނުގައި ބޮމެއް ގޮއްވާލައި 12 މީހުން މަރާލައިފިއެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހިނގި އެ ހާދިސާގައި ޖާނުންފިދާވެގެން ބޮން ގޮއްވާލާފައިވަނީ ކޯޓެއްގެ ބޭރުގައި އޮތް ކާރެއް ކައިރީގައި ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެ ހަމަލާގައި 12 މީހުން މަރުވެފައިވާ އިރު، 27 މީހަކަށް އެކިވަރުގެ އަނިޔާވެެގެން ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރ މޮހްސިން މަގްވީ ވިދާޅުވީ ޖާނުން ފިދާވެގެން ބޮން ގޮއްވާލަން އުޅުނު މީހާ މަސައްކަތްކުރީ ކޯޓުގެ ތެރެއަށް ވަދެ ބޮން ގޮއްވާލަން ކަމަށާއި ނަމަވެސް އެމީހާއަށް އެކަން ނާކާމިޔާބުވުމުން ކޯޓުގެ ބޭރުގައި ގޮއްވާލީ ކަމަށެވެ.
ޕާކިސްތާނުގެ އިދާރާތަކުން ގުޅިގެން އެ ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ބައެއް ރިޕޯޓުތަކުން ވަނީ އެ ހަމަލާގެ ޒިންމާ ޕާކިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނުންގެ ގުރޫޕުން ނަގާފައިވާކަމަށް ބުނެފައެވެ. ނަމަވެސް ބައެއް މީޑިއާތަކާ ހަވާލާދީ އެ ގުރޫޕުން ވަނީ އެކަން ދޮގުކޮށް އެ ހަމަލާއާ ގުޅުމެއް ނެތް ކަމަށް ބުނެފައެވެ.
ޕާކިސްތާނުގައި ޖާނުން ފިދާވެގެން ހަމަލާދީފައިވާ އިރު، ހޯމަ ދުވަހު ވަނީ އިންޑިއާގައިވެސް ކާރެއްގޮއްވާލައި 13 މީހުން މަރާލައިފައެވެ. އިންޑިއާގައި ދިން އެ ހަމަލާގެ މުގުލުގައި ތިބި ބަޔަކު ހޯދުމުގެ މަސައްކަތް އެގައުމުގެ އިދާރާތަކުން ކުރަމުން އަންނަ އިރު، އެ ހަމަލާއާއެކު އިންޑިއާ ޕާކިސްތާނުގެ މައްސަލަ އަލުން ހޫނުވެ ދެ ގައުމުން ވެސް ބޯޑަރު ސަރަހައްްދު އެލާޓަށް ގެނެސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ޕާކިސްތާން
ޕާކިސްތާން
ޕާކިސްތާން
ޕާކިސްތާން