17 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެމީހާ ހައްޔަރުކުރީ މިިދޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު 1:31 ހާއިރު އެމްޕީއެލް ޓަވަރެއްގެ އެޕާޓްމަންޓަކުން މީހަކަށް އަނިޔާކުރާކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން އެތަނަށް ގޮސް އެތަން ބަލައިފާސްކުރުމަށްފަހު މަސްތުވާތަކެއްޗާއެކު އެ އެޕާޓްމަންޓުން ކަމަށެވެ.

އެޕާޓްމަންޓުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 17.39 ކިލޯ ހުރިކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު. ނަންބަރު ދރ 1786 / މާލެ، މުހައްމަދު ޖަޒުލާން އަޝްރަފު (29 އަހަރު) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.