ބާސެލޯ މޯލްޑިވްސް ރިސޯޓު ފުއްޓަރު ފަރާތާ ދިމާ ބޭރުގައި އެކްސްކާޝަނަށް ގޮސް އުޅުނު ދެ ދޯނި ޖެހި ހިނގި އެކްސިޑެންޓުގައި އެ ތަނުން އެއް ދޯނި އަޑިއަށް ހިނގައްޖެއެވެ.

ފުލުހުން ބުނީ މިއަދު މެންދުރު ހިނގި އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ.

"މި އެކްސިޑެންޓުގައި ލިބުނު ގެއްލުމުގެ ސަބަބުން އެއް ދޯނި ވަނީ އަޑިއަށް ގޮސްފައި،" ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި، އަޑިއަށް ދިޔަ ދޯނީގައި ތިބި މީހުން ވަނީ އެ ދޯންޏާ ކައިރީގައި އޮތް ދޯންޏަށް އަރައި ސަލާމަތްތެރިކަން ހޯދައިފައެވެ.