ދިއްލީގެ ރެޑް ފޯޓްގައި ކާރެއް ގޮއްވާލައިފިއެވެ.
އިންޑިއާގެ ވެރިރަށް ދިއްލީގެ ރެޑް ފޯޓު ސަރަަހައްދުގައި ކާރެއް ގޮއްވާލާފައިވާ އިރު، އެހާދިސާގައި 13 މީހަކު މިހާތަނަށް މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދިއްލީގައި މިރޭ އިރާކޮޅު ހިނގައިދިޔަ އެހާދިސާ ހިނގާފައިވަނީ މަޑުމަޑުން ދުއްވާފައި ދިޔަ ކާރެއް ރެޑް ފޯޓް މެޓްރޯ ސަރަހައްދުގައި ހުރި ޓްރެފިކް ލައިޓަކަށް މަޑުކުރި ކާރެއް ގޮއްވާލައިގެން ކަމަށް އޮފިޝަލުން ބުނެއެވެ.
ގޮވާފައިވާ ކާރުގެ ތެރޭގައި ދެ މީހަކު ތިބި ކަމަށާއި ކާރު ގޮވުމާއެކު މުޅި ސަރަަހައްދަށް ބޮޑު އަލިފާންގަނޑެއް ފެތުރިގެން ދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކާރު ގޮވި ސަރަަހައްދުގައި ހުރި ގިނަ އަދަދެއްގެ ވެހިކަލްތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ އިރު އެސަރަހައްދުގެ އިމާރާތްތަކަށްވެސް ގެއްލުން ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހާދިސާ ހިނގިވަގުތު އެސަރަހައްދުގައި ތިބި ގިނަ ބަޔަކަށް އަނިޔާވެ ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނާއިރު އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ދެރަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ދިއްލީގައި ކާރު ގޮވުމާއެކު އެސިޓީ އެލާޓަށް ގެނެސްފައިވާއިރު ފުލުހުންނާއި ކަމާއި ގުޅޭ އިދާރާތަކުން ވަނީ ކާރު ގޮވި ސަރަހައްދު ބަންދުކޮށް އެމައްސަލަ ތަހުގީގު ކުރަން ފަށާފައިކަމަށް އިންޑިއާގެ އެންޑީޓީވީއިން ބުނެއެވެ.
މުހައްމަދު އައުޒަމް
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު