މޯލްޑިވްސް 2.0 ގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް ރަސްމީކޮށް މިއަދު އިފުތިތާހުކޮށްފިއެވެ.
ބާސެލޯ ނަސަންދުރައިގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް، ހޯމް މިނިސްޓަރު އަލީ އިހުސާން، އިމިގްރޭޝަންގެ ކޮންޓްރޯލާ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ފަސީހު އަދި އިމިގްރޭޝަންގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ވަނީ އިމިގްރޭޝަނުން އަލަށް ތައާރަފުކުރި "އީ-ވިޒާ" ވެސް ރަސްމީކޮށް އިފުތިތާހުކޮށްދެއްވައިފައެވެ.
އެ ރަސްމިއްޔާތުގައި ފަސީހު ވަނީ އިމިގްރޭޝަންގެ އާ މޯބައިލް އެޕްލިކޭޝަން އިފުތިތާހުކޮށްދެއްވައިފައެވެ. އެ އެޕްލިކޭޝަން މެދުވެރިކޮށް އިމިގްރޭޝަންގެ ހުރިހާ ހިދުމަތްތަކެއް ލިބެން ހުންނާނެއެވެ.
އިހުސާން ވަނީ އިމިގްރޭޝަންގެ ފޭޝަލް ރިކޮގްނިޝަން އެޕްލިކޭޝަން "އެމް އައިޑީ ޗެކާ" އެ ރަސްމިއްޔާތުގައި އިފުތިތާހުކޮށްދެއްވައިފައެވެ. އެ އެޕްލިކޭޝަނަކީ ރާއްޖޭގައި ގަވައިދާހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ތައާރަފުކުރި އެޕްލިކޭޝަނެކެވެ.
މުހައްމަދު އިޝާން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން