ފޮރިން ސެކްރެެޓަރީގެ މަގާމަށް ފާތިމަތު އިނާޔާ އަލުން އައްޔަންކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮރިން ސެކްރެޓަރީގެ މަގާމަށް އިނާޔާ އެންމެ ފުރަތަމަ އައްޔަންކުރެއްވީ 12 ޑިސެމްބަރު 2023 ގައެވެ. ނަމަވެސް އޭގެ ފަސް މަސް ވަރަކަށް ފަހުން އޭނާ އެ މަގާމުން ވަކިކުރެއްވިއެވެ.
އެފަހުން އަލުން އިނާޔާ އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިފަހުންނެވެ.
ފޮރިން ސެކްރެޓަރީގެ ރަސްމީ އެކްސް އެކައުންޓުގައިވެސް މިހާރު ހުންނަނީ އިނާޔާގެ ފޮޓޯއެވެ. އޭނާ މިހާރު ވަނީ ރާއްޖެއަށް އަންނަ ވަފުދުތަކަށް މަރުހަބާ ދެންނެވުމަށް ވަޑައިގަންނަވަންވެސް ފަށައިފައެވެ.
އެގޮތުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަންދޫބު، އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫއަށް މަރުހަބާ ދެންނެވުމަށްވެސް އިނާޔާ ވަޑައިގެންނެވިއެވެ. އަދި ފޮރިން ސެކްރެޓަރީގެ ހައިސިއްޔަތުން އިންޑިއާގެ މިނިސްޓަރަށް މަރުހަބާ ދަންނަވައި އެކްސްގައި ޕޯސްޓެއް ވެސް ވަނީ ކުރައްވައިފައެވެ.
އިނާޔާ ވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ޑެޕިއުޓީ މިނިސްޓަރުގެ މަގާމުވެސް އަދާކުރައްވައިފައެވެ.
މުހައްމަދު އިޝާން
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ