ޖަޕާނަށް އައި 6.7 މެގްނިޓިއުޑްގެ ބިންހެލުމަކަށްފަހު އެގައުމަށް ކުޑަ ސުނާމީއެއް އަރައިފިއެވެ.
ޖަޕާނަށް އިއްޔެ އައި 6.7 މެގްނިޓިއުޑްގެ ބިންހެލުމަށްފަހު އެގައުމުގެ އުތުރުގެ ސަރަހައްދަށް ވަނީ ސުނާމީ އަރާފާނެކަމުގެ އިންޒާރުދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ބުނީ އެގައުމުގެ މިޔަކޯ ސަރަހައްދަށް ކުޑަ ސުނާމީއެއް އަރާފައިވާ ކަމަށާއި ސުނާމީގެ ސައިޒު ކުޑަކަމުން އެ ސުނާމީގެ މައުލޫމާތު ނަގާފައިނުވާ ކަމަށެވެ.
މިޔަކޯ ސަރަހައްދަށް ކުޑަ ސުނާމީއެއް އެރިތާ 10 ވަރަކަށް މިނެޓު ފަހުން އެގައުމުގެ އުފަންޓޯ ސަރަހަައްދަށް 10 ސެންޓިމީޓަރުގެ ސުނާމީއެއް އަރާފައިވާކަމަށް ރެކޯޑު ކުރެވިފައިވާ ކަމަށް ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެފައިވާގޮތުގައި ޖަޕާނަށް އައި ބިންހެލުމަށްފަހު 5.3 ގެ ބިންހެލުމެއްވެސް ވަނީ ރެކޯޑުކުރެވިފައެވެ.
މުހައްމަދު އައުޒަމް
ޖަޕާން
ޖަޕާން
ޖަޕާން
ޖަޕާން