ގަވާއިދާހިލާފަށް ރާއްޖެ ސަރަހައްދަށް ވަދެއުޅުނު ބޭރުގެ ބޯޓެއް އެމްއެންޑީއެފުން ޑްރޯން ބޭނުންކޮށްގެން ހޯދައިފިއެެވެ.
އެމްއެންޑީއެފުން އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ބުނީ އެމްއެންޑީއެފްގެ އެއާކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި ބޭރުގެ ބޯޓެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓާ އިންޓަސެޕްޓްކޮށްފައިވާ ކަމަށެވެ.
މިހާރު އެ ބޯޓު ވަނީ އެމްއެންޑީއެފުގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ނަމަވެސް އެއީ ކޮން ގައުމެއްގެ ބޯޓެއްކަމާއި، ކީއްކުރާ ބޯޓެއްކަން އަދި އޭގައި ދަތުރުކުރި މީހުންގެ އަދަދާއި، އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.
މުހައްމަދު އިޝާން
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް