ބަންގްލަދޭޝްގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ފެށުމާއެކު ހަމަނުޖެހުން ހިނގަން ފަށައިފިއެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވުމަށް ތާވަލްކޮށްފައިވާ ބަންގްލަދޭޝްގެ ރިޔާސީ އިންތިހާބުގެ ކެޕްމެއިން ފަށާފައިވާއިރު އިއްޔެ ވަނީ ކެމްޕޭނު އެއްވުމެއްގައި ބަޑިން ހަމަލާދީ އެކަކު މަރާލައިފައެވެ.

ރިޕޯޓުތައް ބުނާގޮތުން ސައިކަލެއްގައި ދަތުރުކުރި މީހަކު ބަޑިން ހަމަލާދީ އެކަކު މަރާލާފައިވާއިރު ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަނިޔާވީ މީހުންގެ ތެރޭގައި ކެނޑިޑޭޓަކު ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ބަންގްލަދޭޝްގެ ނެޝަނަލް ޕާޓީއިން ބޭއްވި ކެމްޕޭނުގައި ބަޑިން ހަމަލާދިން މައްސަލައިގައި އެޕާޓީގެ ލީޑަރު އާމިރް ކަސްރޫ މަހްމޫދު ޗައުދަރީވަނީ އެގައުމުގެ ހަމަޖެހުން ނަގާލައި އިންތިހާބަށް ދިން ހަމަލާއެއް ކަމަަށް ބުނެފައެވެ.

އިންތިހާބުގައި ބައިވެރިވެފައިވާ މައި ސިޔާސީ ޕާޓީތަކުން މިދިޔަ ބުދައިން ފެށިގެން ކެމްޕޭނު ފަށާފައިވާއިރު އެގައުމުގެ ފުލުހުން ވަނީ ސަލާމަތީކަންކަން ވަރުގަދަކުރަން ފަށާފައެެވެ.

ބަންގްލަދޭޝްގެ ފުލުހުން ވަނީ ހުރިހާ ޕާޓީތަކުން ވެސް ކެމްޕެއިން ހަރަކާތެއް ހިންގާނަމަ 24 ގަޑިއިރުކުރިން އެކަން އަންގައި ސަލާމަތީ ކަަންކަމަށް ސަމާލުވުމަށް އެދިފައެވެ.