ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސް މިހާރު އައްޑޫ އާއި ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ސިޓީއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބުދުﷲ މުއްތަލިބެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާއެވެ.
މި މަޝްރޫއު ފްލެކްސިންކްއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. މި މަޝްރުއޫގެ އަގަކީ 469,787,688 ރުފިޔާއެވެ. މަޝްރޫއު ހަވާލުކޮށްފައިވަނީ 540 ދުވަސް ތެރޭގައި ނިންމުމަށެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ގާއިމު ކުރުމަށް ހަމަޖެހިފައިވަނީ ތިން ކޮޓަރީގެ 400 ހައުސިން ޔުނިޓް ކަމަށެވެ.
ހައްޖު ކޯޕަރޭޝަން
ރިޕޯޓް