އިންޑިއާގެ ރޭލު އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު 8 އަށް އަރައިފިއެވެ.
އިންޑިއާގެ ރައިޕޫރުގެ ޗަޓިސްގާގައި ހިނގި އެ އެކްސިޑެންޓުގައި ފަސިންޖަރުން ދަތުުރުކުރި ރޭލެއް ކާގޯ ރޭލެއްގައި ޖެހި ރޭލު ދަގަނޑުން ރޭލު އެއްލާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުން ބުނީ އެ ހާދިސާގައި މަރުވި މީހުންގެ އަދަދު 8 އަށް އަރާފައިވާ ކަމަށާއި މިހާތަނަށް 15 މީހަކަށް އަނިޔާވެ ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އެކްސިޑެންޓަށްފަހު ދެމީހަކު ގެއްލިފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
އަނިޔާވި މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށާއި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ބުނެއެވެ.
ރޭލު އެކްސިޑެންޓު ހިނގި ސަރަހައްދުގައ ރެސްކިއު ޓިމުތަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވެފައިވާ ސަބަބު ހޯދުމަށް އިދާރާތަކުން ބަލަމުން އަންނަކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.
އިންޑިއާގެ ރޭލާ ބެހޭ މައި އިދާރާއިން ވަނީ އެ ހާދިސާގައި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 10 ލައްކަ ރުޕީސް ދިނުމަށް ނިންމާފައިވާ ކަމަށާއި އަނިޔާވި މީހުންގެ ތެރެއިން ބޮޑަށް އަނިޔާވި މީހުންނަށް ފަސް ލައްކަ ރުޕީސް އަދި ކުދި އަނިޔާވެފައިވާ މީހުންނަށް އެއް ލައްކަ ރުޕީސް ދިނުމަށް ނިންމައިފައެވެ.
މުހައްމަދު އައުޒަމް
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ