މާލޭގެ ގެއެއްގެ ސިޑިގޮޅިން ވެއްޓި ބިދޭސީއަކު މަރުވެއްޖެއެވެ.
ފުލުހުން ދެންމެ ބުނީ މާފަންނު ގެއެއްގެ ހަވަނަ ފަންގިފިލާގެ ސިޑިގޮޅިން ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު އިރުއޮއްސި 6:30 ހާއިރު ލިބިފައިވާ ކަމަށެވެ.
އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަރުވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 47 އަހަރުގެ ފިރިހެނެއް ކަމަށްވާ ރޮޓަންއެވެ.
ފުލުހުން އަންނަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު