ލަންކާ ނޭވީން އިންޑިއާގެ 35 މަސްވެރިން ހައްޔަރުކޮށްފިއެވެ.

ސްރީ ލަންކާގެ ނޭވީން ބުނީ އެގައުމުގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް ހަތަރު ބޯޓެއް ހިފަހައްޓާފައިވާ ކަމަށާއި އެ ބޯޓުތަކުން 35 މަސްވެރިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޮފިޝަލުން ވަނީ އިންޑިއާގެ އެ މަސްވެރިން ހައްޔަރުކޮށްފައިވަނީ ޖަފްނާގެ ވައްތަލަކެރަނީ އާއި އަނަލަޓިވޫ ސަރަހައްދުގެ ކަނޑުގައި މަސްވެރިކަން ކުރަނިކޮށް ކަމަށް ބުނެފައެވެ.

ލަންކާގެ ނޭވީ އާއި އެގައުމުގެ ކޯސްޓްގާޑު ގުޅިގެން އިއްޔެ ކުރިއަށްގެންދިޔަ އެ އޮޕަރޭޝަންގައި އަތުލައިގަތް މަސްބޯޓުތައް ޖަފްނާއަށް ގެނެސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮފިޝަލުން ބުނެފައިވާގޮތުގައި ހައްޔަރުކުރި މީހުން ޖަފްނާގެ ކައިޓްސްގެ ފުލުހުންނާއި އެ ސަރަހައްދުގެ ފިޝަރީސް އިންޕެކްޓަރުންނާ ވަނީ ހަވާލުކޮށްފައެވެ.

އިންޑިއާގެ ނޭވީ އާއި ކޯސްޓުގާޑުން ވަނީ އެގައުމުގެ ކަންޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ބޯޓުތައް ހޯދުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.