އަފްގާނިސްތާނަށް އައި ބިންހެލުމެއްގައި މަރުވި މީހުންގެ އަދަދު 20 އަށް އަރައިފިއެވެ.
އަފްގާނިސްތާނުގެ އުތުރުގެ ސަރަހައްދަށް އައި 6.3ގެ ބާރުގަދަ ބިންހެލުމުގައި އެގައުމުގެ މަޒަރު ޝަރިފް ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ބިންހެލުމުގެ ސަބަބުން 500 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ އިރު، އެމީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިޔަސް ކަމަށް ރިޕޯޓުތަކުން ފާހަގަކޮށްފައިވެއެވެ.
އޮފިޝަލުން ވަނީ ބިންހެލުން އައި ސަރަހައްދަށް ލިބުނު ގެއްލުންތައް ބަލަމުން އަންނަ ކަމަށާއި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ވެސް ރެސްކިއު ޓީމުތަކުން ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
އަފްގާނިސްތާނުގެ ތާލިބާނު ސަރުކާރުން ވަނީ ބިންހެލުން އައި ސަރަހައްދުގެ އިތުރުން ވެރިރަށް ކާބުލްގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާކަމަށް ބުނެފައެވެ.
ރިޕޯޓުތަކުން ވަނީ ބިންހެލުން އައި ސަރަހައްދުގެ ބައެއް އިމާރާތްތައް ވެއްޓިފައިވާ ކަމަށާއި އެ ސަރަހައްދުގައި ހުރި ގަދީމީ ބިނާތައްވެސް ވެއްޓިފައިވާކަމަށް ފާހަގަކޮށްފައެވެ.
މުހައްމަދު އައުޒަމް
އަފްޣާނިސްތާން
އަފްޣާނިސްތާން
އަފްޣާނިސްތާން
އަފްޣާނިސްތާން