ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެތެރޭގެ ތަހުގީގެއް ފަށައިފިއެވެ.
އެމްޕީއެލްއާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް އިއްޔެ ހަވީރު ބަންޑުން ޖަހާލި އިރު، އޭގައި 14 މީހަކު ތިއްބެވެ. އޭގެ ތެރެއިން ހަތަރު ދިވެއްސަކާއި ދެ ބިދޭސީއަކަށް އަނިޔާވެގެން، ފަރުވާއަށް އައިޖީއެމްއެޗްއަށް ގެންދިޔައެވެ.
އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކު ވަނީ މަރުވެފައެވެ. އެއީ އެމްޕީއެލްގެ ލޭބަރާގެ މަގާމުގައި ހުރި ދެ މުވައްޒަފުން ކަމަށްވާ ބަންގުލަދޭޝްގެ މަސޫދު ހޮސެއިން (32އ) އާއި ގއ. ގެމަނަފުށި/ ދިލްބަހާރުގެ، އަލީ އަފްލާހް އަބްދުﷲ (25އ) އެވެ.
އެމްޕީއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން، އެ ކުންފުނީގެ ކަމާބެހޭ ޑިޕާޓްމަންޓްތަކުން މިހާރު ވަނީ އެތެރޭގެ ތަހުގީގު ފަށާފައި ކަމަށެވެ. އަދި ތަހުގީގުން އެނގޭ މައުލޫމާތަށް ރިޔާއަތްކޮށް، އިތުރު މައުލޫމާތު އާންމުކުރާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.
އެމްޕީއެލުން ވަނީ މަރުވި ދެ މުވައްޒަފުންގެ އާއިލާއަށް ތައުޒިޔާ ވެސް ދަންނަވައިފައެވެ.
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް