ނައިޖީރިއާގެ މިލިޓަރީ ގުރޫޕުތަކާ ދެކޮޅަށް އެމެރިކާގެ މިލިޓަރީ ނެރެން ނިންމައިފިއެވެ.

ނައިޖީރިއާގައި ހަރަކާތްތެރިވާ އިސްލާމިސްޓު މިލިޓަރީ ގުރޫޕުތަކާއި ދެކޮޅަށް އެމެރިކާގެ މިލިޓަރީ ނެރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަމުރުކުރައްވައިފައެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ނައިޖީރިއާ ސަރުކާރަށް، އެގައުމުގައި ދިރިއުޅޭ ކްރިސްޓިއަނުންނަށް ރައްކާތެރިކަން ދިނުމުގައި ނުކުޅެދިފައިވާ ކަމަށާއި އެކަން ހަމަ މަގަށް އެޅުމަށް އެމެރިކާއިން މަސައްކަތް ފަށާފައިވާ ކަމަށެވެ.

ނައިޖީރިއާގައި އިސްލާމިސްޓު މިލިޓަރީ ގުރޫޕުތަކުން ހިންގާ އަމަލުތަކުގެ ތަފްސީލު ޓްރަމްޕް ހާމަކުރައްވާފައި ނުވި ނަމަވެސް، ޓްރަމްޕް ވަނީ ވޭތުވެދިޔަ މަސްތަކާއި ހަފުތާތަކުގައި ނައިޖީރިއާގެ ކްރިސްޓިއަނުންނާ ދެކޮޅަށް ގިނަ ހަމަލާތަކެއް ދީފައިވާ ކަމަށް ވިދާޅުވެފަައެވެ.

ނައިޖީރިއާގެ މަޝްރަހު ދިރާސާކުރާ ގުރޫޕުތަކުން ވަނީ އެގައުމުގައި ކްރިސްޓިއަނުންނާ ދެކޮޅަށް އިސްލާމިސްޓު މިލިޓަރީ ގުރޫޕުތަކުން އެއްވެސް އަމަލެއް ހިންގާކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް ބުނެފައެވެ.

ނައިޖީރިއާގެ ސަރުކާރުން ބުނީ އެ ގައުމުގައި ހަމަނުޖެހުން ހިނގާ ކަމަށާއި އެމެރިކާގެ އެހީތެރިކަން ލިބިއްޖެ ނަމަ އެކަންކަން ހުއްޓުވިގެން ދާނެ ކަމަށެވެ. އަދި އެކަމުގައި އެމެރިކާއަށް މަރުހަބާ ކިޔަން ތައްޔާރު ކަމަށް ބުންޏެވެ.