މާލޭ އެމްޕީއެލާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިފިއެވެ.

ފުލުހުން ބުނީ އެ ހާދިސާ މިއަދު 3:44 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި 6 މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ބިދޭސީންނާއި 4 ދިވެހީން ކަމަށެވެ.

ފުލުހުން ބުނީ އަނިޔާވި ބިދޭސީ ދެ މީހުންގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއްވެ ހާލު ސީރިއަސް ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭގައި ތިބީ 14 މީހުން ކަމަށާއި އެ އެންމެންވެސް ފެނިފައިވާ ކަމަށެވެ.

އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އިތުރު މައުލޫމާތު ލިބުނުހާ އަވަހަކަށް ހާމަކުރަމުންދާނެ ކަމަށެވެ.

އެމްއެންޑީއެފުންވެސް އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.