ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދުންފަތާ ދެކޮޅަށް ކުރިއަށްގެންދިޔަ "ނެޝަނަލް ޓޯޗް ރަން'' ގައި އެޗްޑީސީގެ 350 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެއްޖެއެވެ.
އާ ގާނޫނުގެ ދަށުން 2007 ވަނަ އަހަރުގެ ފަހުން އުފަންވެފައިވާ ކުދިންނަށް އަދި އުފަންވާނޭ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރުން ތަންފީޒުކުރަން ފެށުމުގެ ގޮތުން ބާއްވާ "ނޭޝަނަލް ޓޯޗް ރަން" 24 ގަޑިއިރަށް ފެށީ އިއްޔެ ހަވީރު މާލެ އެކުވެނި ޓްރެކުގައެވެ.
އެޗްޑީސީން މިއަދު ބުނީ، ޖެނެރޭޝަނަލް ބޭން ގާނޫނަށް އަމަލުކުރަން ފެށުމުގެ ގޮތުން ދުންފަތާ ދެކޮޅަށް، ހުއްޓުމެއް ނެތި 24 ގަޑިއިރަށް ކުރިއަށްގެންދިޔަ ދުވުމުގައި އެޗްޑީސީގެ އެމްޑީ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރާ އެކު އެ ކޯޕްރޭޝަންގެ ކުންފުނީގެ 350 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވި ކަމަށެވެ.
އެ ދުވުމުގެ މައިގަނޑު މަގުސަދަކީ، ދުންފަތުގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކުރުމާއެކު، ދުޅަހެޔޮ އަދި ހަރުދަނާ މުޖުތަމައެއް ބިނާކޮށް އެކަމަށް ހޭލުންތެރިކުރުވުމެވެ.
ދުންފަތުގެ ޖެނެރޭޝަނަލް ބޭން ހިމަނައި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެނައި ދެވަނަ އިސްލާހަށް މިއަދު އަމަލު ކުރަން ފެށި އިރު، ސަރުކާރުން ކުރިއަށްގެންދާ މުޖުތަމައުއަށް ފައިދާ ހުރި ކަންކަމުގައި އެޗްޑީސީގެ ޓީމުން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށް ބުންޏެވެ.
އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް ސަރުކާރުން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވެ، ދުޅަހެޔޮ ރާއްޖެއެއް ބިނާކުރުމަށް އެހީތެރިވުން ކަމަށް އެކުންފުނިން ބުންޏެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ