ނިއުކްލިއާ ޓެސްޓުތައް ހެދުން އަލުން ފެށުމަށް އެެމެރިކާއިން ނިންމައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވަނީ އެގައުމުން ނިއުކްލިއާ ޕްރޮގްރާމުގައި ހިމެނޭ ނިއުކްލިއާ ޓެސްޓުތައް ހެދުމަށް ފަށާފާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ނުސީދާކޮށް ޖަވާބު ދެއްވައިފައެވެ.

ޓްރަމްޕް ވަނީ އެގައުމުން ކުރާނެ ކަންކަން ވަރަށް އަވަހަށް ފެނިގެން ދާނެ ކަމަށާއި ޓެސްޓުތަކެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާއިން ބިމުއަޑީގައި ކުރުމަށް ނިންމާފައިވާ ނިއުކްލިއާ ޓެސްޓު ފެށުމަށް އެގައުމުގެ މިލިޓަރީ އަށް ޓްރަމްޕް ވަނީ އަމުރުވެސް ކުރައްވައިފައެވެ.

އެމެރިކާއިން މީގެ 33 އަހަރު ކުރިން ފެށިގެން ހުއްޓާލާފައިވާ ބިމު އަޑީގެ ނިއުކްލިއާ ޓެސްޓުތައް އަލުން ފަށަން ނިންމާފައިވާއިރު އެއީ ޗައިނާ އާއި ރަޝިޔާއަށް މެސެޖެއް ދިނުމަށް ކުރާ ކަމެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.