ވަގުފްތައް ތަރައްގީކުރުމަށާއި އިސްލާމިކް ފައިނޭންސިން ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމަށް އިސްލާމިކް މިނިސްޓްރީއާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ބީއެމްއެލުން ބުނީ އެ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި އިމާރަތްކުރާ ދާރުއްސަލާމް އިމާރާތާއި މާލޭގައި އިމާރަތްކުރާ ދާރުލް އަރްގަމްއަށް ބޭނުންވާ މާލީ އެހީތެރިކަން އިސްލާމިކް ފައިނޭންސްގެ އުސޫލުން ހަމަޖައްސައިދިނުމަށާއި ވަގުފް ފަންޑު އިތުރަށް ފުޅާކުރުމަށް އެ ބޭންކުން އެހީވެދޭނެ ކަމަށެވެ.
އޭގެ އިތުރުން އިސްލާމީ މާލީ ދާއިރާއަށް ހޭލުންތެރިކަން އިތުރުކުރުމަށާއި އިސްލާމީ މާލީ ދާއިރާގެ ކުރިއެރުމަށް ގުޅިގެން މަސައްކަތްކުރާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ، އިސްލާމީ މާލީ ނިޒާމު ކުރިއެރުވުމަށާއި ވަގުފް ތަރައްގީކުރުމަށް އިސްލާމިކް މިނިސްޓްރީއާއެކު ގުޅިގެން މަސައްކަތްކުރުމަކީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އިސްލާމިކް ފައިނޭންސިން އެންމެ ފުޅާދާއިރާއެއްގައި ރާއްޖޭގައި ފޯރުކޮށްދޭ ބޭންކުގެ ހައިސިއްޔަތުން އިސްލާމިކް ބޭންކިން އާއި އިސްލާމިކް ސޯޝަލް ފައިނޭންސް ތަރައްގީކޮށް ހަރުދަނާކުރުމަށް މި ބޭންކުން އަބަދުވެސް ދަނީ މަސައްކަތްކުރަމުން،" ބީއެމްއެލުން ބުންޏެވެ.
އިސްލާމިކް ފައިނޭންސް ދާއިރާ ހަރުދަނާ ކުރުމަށާއި އިޖުތިމާއީ ތަރައްގީ ކުރިއެރުވުމަށް ބީއެމްއެލުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ސަނާބިލް ސްކޫކްގެ ޖުމުލަ އަދަދަށް ބީއެމްއެލުން ސަބްސްކްރައިބްކުރުން ހިމެނެއެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް