ހެލްތު މިނިސްޓްރީން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކޮށްގެން ރާއްޖެއަށް ގެންނަ 56 އެންބިއުލަންސްގެ ތެރެއިން ފުރަތަމަ ރާއްޖެ ގެންނަ 18 އެންބިއުލަންސްގެ އިންސްޕެކްޝަން ދުބާއީގައި ފުރިހަމަކޮށްފި އެވެ.

މިމަހުގެ 21 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދަނބިދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ މިއަހަރުގެ ތެރޭގައި 63 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ގެންނާނެ ކަމަށެވެ.

"މިއަހަރު ނިމުމުގެ ކުރީން އަޅުގަނޑުމެން އެބަ ގެންނަން ގާތްގަނޑަކަށް 60 ރަށަށް ބޭނުންވާ ވަރަށް އެމްބިއުލާންސް. އަޅުގަނޑު ހަނދާން ވަނީ 63 ރަށަށް ބޭނުންވާ ވަރަށް އެމްބިއުލާންސް އެބަގެނެވޭ. މި އެމްބިއުލާންސްތައް އަޅުގަނޑުމެން މި ފޮނުވަނީ މިފަދަ ރަށްރަށަށް. އެމްބިއުލާންސް ހަލާކުވެފަ ނޫނިއްޔާ އެކިކަހަލަ މައްސަލަތައް ދިމާވެފައިވާ ރަށްތަކަށް،" ރައީސް ވިދާޅުވިއެވެ.

30 އޮކްޓޯބަރު 2025: ހެލްތް މިނިސްޓްރީން އެމްޕީއެލާ ހަވާލުކޮށްގެން ރާއްޖެއަށް ގެންނަ 56 އެންބިއުލަންސްގެތެރެއިން ފުރަތަމަ ރާއްޖެ ގެންނަ 18 އެންބިއުލަންސް --- ފޮޓޯ/ އެމްޕީއެލް
30 އޮކްޓޯބަރު 2025: ހެލްތް މިނިސްޓްރީން އެމްޕީއެލާ ހަވާލުކޮށްގެން ރާއްޖެއަށް ގެންނަ 56 އެންބިއުލަންސްގެތެރެއިން ފުރަތަމަ ރާއްޖެ ގެންނަ 18 އެންބިއުލަންސް --- ފޮޓޯ/ އެމްޕީއެލް

އެމްޕީއެލުން އިއްޔެ ބުނީ އެ ކުންފުންޏަށް ހަވާލުކުރި ޕްރޮޖެކްޓްގެ ދަށުން ފުރަތަމަ ރާއްޖެ ގެންނަ 18 އެމްބިއުލަންސް އިންސްޕެކްޝަންތައް ދުބާއީގައި ފުރިހަމަކޮށްފައިވާ ކަމަށެވެ. އެ އިންސްޕެކްޝަންތައްް ކުރިއަށް ގެންދިޔައީ އެމްޕީއެލް އަދި ހެލްތު މިނިސްޓްރީގެ އޮފިޝަލުން ހިމެނޭ ޓީމަކުން ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.