ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ތައާރަފުކުރި "ސްވައިޕް އީ-ވޮލެޓް" އަކީ ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓް ދާއިރާގައި ލިބުނު ވަރަށް މުހިންމު ކާމިޔާބީއެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ސްވައިޕް އީ-ވޮލެޓް"ގެ ސަބަބުން ވިޔަފާރިތަކަށާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، ފިންޓެކް ކެޕޭސިޓީ އިތުރުވެގެންދާނެ އެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ފްރީލާންސަރުންނަށް ޑިޖިޓަލް ޓޫލްސް ފަސޭހަކަމާއެކު ލިބޭނެ މަގު އެކަމުން ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، "ސްވައިޕް އީ-ވޮލެޓް"ގެ ހިދުމަތް ތައާރަފުވުމަކީ އުފެއްދުންތެރި އިގުތިސޯދެއް އުފެއްދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރު ހަގީގަގަތަކަށް ހެދުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ރައީސް މުއިއްޒުގެ ތަސައްވަރަކީ ރާއްޖޭގެ ޑީޖީޕީ 15 ޕަސަންޓުން ކުރިއެެރުވުން. ރާއްޖޭގެ ވިޔަފާރިތައް ބާރުވެރިކުރުވައި، ރާއްޖޭގެ ޑިޖިޓަލް މުސްތަގުބަލް ބައްޓަން ކުރުމަށް ބޭނުންވާ އިންގިލާބީ ބަދަލުތައް ގެނައުމަށްޓަކައި ބީއެމްއެލްގެ މަސައްކަތަށް ޝުކުރު އަދާކުރަން" މިނިސްޓަރު ސައީދުގެ ޕޯސްޓުގައިވެއެވެ.
ބީއެމްއެލުން މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައ އިންޓަނޭޝަނަލް ވޮލެޓް "ސްވައިޕް" ތައާރަފުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އިންޓަނޭޝަނަލް ވޮލެޓް "ސްވައިޕް" އާ ބެހޭގޮތުން މައުލޫމާތު ދެމުން ބީއެމްއެލުން ބުނީ އެ ވޮލެޓަކީ ޒުވާނުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު، ކްރޮސްބޯޑާ ޓްރާންސެކްޝަންތައް ހިންގުމަށް ބޭނުން ކުރެވޭނެ ވޮލެޓެއް ކަމަށެވެ. އެ ވޮލެޓުގެ ސަބަބުން ހަރަދު ކުޑަކޮށް، ބޭރު ފައިސާ ރާއްޖެއަށް ގެނައުމަށް އެހީތެރިވެދީ އަދި ބޭރު ފައިސާ ހޯދުމަށް ހުރި ދަތިތައްވެސް ކުޑަވެގެންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ދުނިޔޭގެ ކޮންމެ ގައުމެއްގައި ހުރެގެންވެސް އިންޓަނޭޝަނަލް ވޮލެޓް "ސްޕައިޕް" ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އެއްވެސް ފީއަކާ ނުލައި ކޮންމެ ގައުމަކުންވެސް ވަގުތުން ފައިސާ ލިބޭނެކަމަށް ބީއެމްއެލުން ބުންޏެވެ.
"ސްވައިޕް" އަކީ 100 ޕަސަންޓު ދިވެހި އުފެއްދުމެއް ކަމަށާއި އެއީ ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ވޮލެޓްތަކާ އެއް ފެންވަރުގެ އުފެއްދުމެއްކަމަށް ބީއެމްއެލުން ބުންޏެވެ.
އަލީ ޔާމިން
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު