ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ 230،000 ދަރިވަރުން މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް އެ ގައުމުގެ ޕްރިޒަންސް ކޮމިޝަނަރު ޖަގަތު ވީރަސިންހޭ ވިދާޅުވެއްޖެއެވެ.
ކޮލަމްބޯގެ ގޮޑަޕިޓިއާ ނެޝަނަލް ސްކޫލުގައި ވާހަކަ ދައްކަވަމުން ޖަގަތު ވަނީ މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކުން ކޮލަމްބޯގެ ދެކުނު ޕްރޮވިންސުގެ ދަރިވަރުން މަސްތުވާ ތަކެތީގެ އިތުރުން ނުރައްކާތެރި ކުށް ކުރުމުގައި ހަރަކާތްތެރިވާ ކަމުގެ ރެކޯޑު ހުރި ކަމަށް ފާހަގަކުރައްވައިފައެވެ.
ޖަގަތު ވިދާޅުވީ ކޮލަމްބޯގެ ދެކުނުގެ ގިނަ ދަރިވަރުން ނުރައްކާތެރި ކުށްތަކަށް އަރައިގަތުން އިތުރު ކަމަށް ފާހަގަކުރެއްވޭ ކަމަށާއި ކޮލަމްބޯގެ އުތުރުގައިވެސް މަސްތުވާ ތަކެތި ބޭނުންކުރުން އިތުރު ވެފައިވާކަމަށެވެ.
ގިނަ އަދަދެއްގެ ދަރިވަރުން ޖަލުތަކުގައި ތިބި ކަން ފާހަގަކުރައްވައި ޖަގަތު ވިދާޅުވީ ފަސް އަހަރުން ދަށުގެ 42 ކުއްޖަކު ޖަލުގައި ތިބި ކަމަށާއި އެ ކުދީންގެ މަންމައިން އެކި ކަހަލަ މައްސަލަތަކުގައި ޖަލަށް ލުމުން ކުދީން ވެސް ޖަލަށް ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.
ފަސް އަހަރު ފުރުމުން އެ ކުދީން މަންމައާ ވަކިކުރާ ކަމަށާއި އެއީ ހިތާމަވެރިކަމެއް ކަމަށްވެސް ޖަގަތު ފާހަގަކުރެއްވިއެވެ.
މުހައްމަދު އައުޒަމް
ކޮލަމްބޯ
ކޮލަމްބޯ
ކޮލަމްބޯ
ކޮލަމްބޯ