ކުއްޖަަކަށް އަނިޔާއެއް ދިން މީހަކު ހަތަރު މަހާއި ހަ ދުވަަހަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ގާނޫނުލްއުގޫބާތުގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ދައުލަތުން ކުރީ ބ. ހިތާދޫ، ނައިޓްހައުސް، އަހްމަދު އިބްރާހީމްގެ މައްޗަށެވެ.

މި މައްސަލައިގައި ކުރިމިނަލް ކޯޓުުން ހުކުމްކޮށްފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުން އަހްމަދު އިބްރާހީމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި ހަތަރު މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށެވެ.