މޯލްޑިވްސް ޕޯޓްސް ލިިމިޓަޑް (އެމްޕީއެލް) އިން އިންތިޒާމްކުރާ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް"ގެ ދެ ވަނަ އެޑިޝަން އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ގޮތަށް ހަމަޖައްސައި ސްޕޮންސަރުންނަށް ހުޅުވާލައިފި އެވެ.
މޯލްޑިވްސް މެރިޓައިމް ކޮންފަރެންްސަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަގުވާމީ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަަރުންނާއި ދާއިރާއާ ގުޅުން ހުރި ފަރާތްތައް ބައްދަލުކޮށް، ދާއިރާގެ ކުރިއެރުމާ ގުޅޭ ގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަގުވާމީ ކޮންފަރެންސެކެވެ.
"މި ކޮންފަރެންސްގެ ދެ ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު. މި ފަހަރުގެ ކޮންފަރެންސްގައިވެސް މެރިޓައިމް ދާއިރާއިން ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރެވޭ ތަޖުރިބާކާރުންނާއި ރާއްޖޭގެ ތަޖުރިބާކާރުން ސްޕީކަަރުންގެ ގޮތުގައި ބައިވެރިވާނެ." އެމްޕީއެލުން ބުންޏެވެ.
މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްގެ ދެ ވަނަ އެޑިޝަންގެ މައިގަނޑު ތީމަކީ "ސެކިއުރިޓީ، ސޭފްޓީ އެންޑް ސަސްޓޭނަބިލިޓީ" އެވެ.
އަންނަ އަހަރުގެ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްގެ ޕާޓްނަރުންގެ ގޮތުގައި މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަން އެންޑް ޓްރާންސްޕޯޓް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (ކޯސްޓް ގާޑް)، ޔުނައިޓަޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) އަދި އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕޯޓްސް އެންޑް ހާބާސް (އައިއޭޕީއެޗް) މިހާރު ވަނީ ހަމަޖެހިފައި ކަމަށާއި އެ ކޮންފަރެންސް ސްޕޮންސާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައި ކަމަށް އެމްޕީއެލުން ބުންޏެވެ.
ސްޕޮންސާކުރުމަށް ނުވަތަ ޕާޓްނަރަކަށްވުމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް [email protected] އަށް އީމެއިލްކުރުމުން ނުވަތަ 3039030/ 3039031 އަށް ގުޅާލުމުން ލިބޭނެ ކަމަށްވެސް އެމްޕީއެލުން ބުންޏެވެ.
އެމްޕީއެލުން އެންމެ ފުރަތަމަ މި ކޮންފަރެންސް އިންތިޒާމްކުރީ 2024 ވަނަ އަހަރެވެ. އެ އަހަރުގެ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސަށް ބޮޑު ތަރުހީބެއް ލިބުނެވެ.
ފާތިމަތު ލިއުޝާ
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް