ރައީސް އޮފީހުގެ ޔޫޓިއުބް އެކައުންޓް މަހެއްހައި ދުވަސްފަހުން ރިކަވާކޮށްފިއެވެ.
ރައީސް އޮފީހުގެ ޔޫޓިއުބް އެކައުންޓް މިދިޔަ ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހު ވަނީ ގެއްލިފައެވެ.
ރައީސް އޮފީހުގެ ޔޫޓިއުބް އެކައުންޓަކީ ރައީސް އޮފީހުގެ އިވެންޓުތަކާއި ރައީސް ޑރ. މުހައްމަދު މުއިއްޒު، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އަދި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ބައިވެރިވެވަޑައިގަންނަވާ އިވެންޓުތައް ލައިވްކުރުމަށާއި ވީޑިއޯތައް އަޕްލޯޑު ކުރުމަށް ހާއްސަ ޗެނެލަކެވެ. ރައީސް އޮފީހުގައި އެކި މިނިސްޓްރީތަކުން ބާއްވާ ނޫސްވެރިންގެ ބައްދަވުންތައްވެސް ލައިވްކުރެއެވެ.
އެ ޗެނަލް ގެއްލުމުގެ ކުރިން ލައިވްކޮށްފައިވަނީ ރައީސް މުއިއްޒު، ނ. ނަލާފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ވީޑިއޯއެވެ. ނަމަވެސް ޗެނަލް ގެއްލުމުގެ ކުރިން އެ ޗެނަލުންވަނީ ރައީސް އޮފީހާ ގުޅުން ނެތް ވީޑިއޯތަކެއް އަޕްލޯޑުކޮށްފައެވެ.
ޔޫޓިއުބް ޗެނަލް ގެއްލުމާ ގުޅިގެން ރައީސް އޮފީހުން އެ ދުވަހު ބުނެފައިވަނީ ޗެނަލް ގެއްލެން މެދުވެރިވި ސަބަބު ސައިބާ ސެކިއުރެޓީން ބަލަމުން އަންނަ ކަމަށެވެ.
އޭގެ މަހެއްހައި ދުވަސްފަހުން މިއަދު ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ފެންނަންވަނީ ފަށައިފައެވެ.
އެ ޗެނަލް ގެއްލެން ދިމާވި ސަބަބެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެެއެވެ.
އެ ޗެނަލަށް އަޕްލޯޑް ކޮށްފައިވާ ރައީސް އޮފީހާ ގުޅުމެއްނެތް ވީޑިއޯތައްވެސް މިހާރު ފެންނާކައް ނެތެވެ.
މުހައްމަދު އިޝާން
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް