ތައިލޭންޑުގެ ރަސްގެފާނު ކިންގް މަހާ ވާޗީރާލޯންގްކޯން ޕްރާ ވާޗީރާކްލާއޯޗާއުޔޫހުއޯގެ މަންމާފުޅު، ކުއީން ސިކިރީތް (ދަ ކުއީން މަދާ އޮފް ތައިލޭންޑް) އަވަހާރަވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު، ތައިލޭންޑުގެ ރަސްގެފާނަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ތައިލޭންޑުގެ ރަސްގެފާނަށް ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ ކުއީން ސިކިރީތް އަވަހާރަވި ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
އަދި އެކަމަނާގެ މުޅި ހަޔާތްޕުޅުގައި ގައުމަށް ކޮށްދެއްވި އިހުލާސްތެރި ހިދުމަތްތަކާއި، އިޖުތިމާއީ އެކިއެކި ހަރަކާތްތަކުގައި މުޖުތަމައުގެ ލާބައަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކުގެ ހަނދާންތައް އަބަަދަށް ދެމި ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރަސްގެފާނުގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން އެ ގައުމަށް ކުރިމަތިވި ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ތައިލޭންޑުގެ ޝާހީ އާއިލާއަށާއި، އެ ގައުމުގެ ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު