ރާއްޖޭގެ އެންމެ ބޮޑު ދުވުން ކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) ގައި 4،500 އަށްވުރެ ދުވުންތެރިން ބައިވެރިވެއްޖެއެވެ.
މިއަހަރުގެ ދުވުމުގައި ޖުމުލަ 4،500 އަށްވުރެ ގިނަ ދުވުންތެރިން ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ބައިވެރިވެފައެވެ.
މި ދުވުން ފަށާފައިވަނީ މިއަދު ސެންޓްރަލް ޕާކުންނެވެ.
ޑީއެމްއާރްއާރްގެ ދުވުންތައް ބޭއްވި ގަޑިތައް:
- ހާފް މެރެތަން: ދަންވަރު 2:30ގައި
- 10 ކިލޯމީޓަރު: ފަތިހު 5:30ގައި
- 5 ކިލޯމީޓަރު: ހަވީރު 4:30ގައި
ޑީއެމްއާރްއާރް އަކީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ.
އެ ދުވުން ކުރިއަށްދާ ވަގުތު، ދުވުމުގެ އިތުރުން ތަފާތު އެކި ހަރަކާތްތައް ކުރިއަށްގެންދިޔައެވެ. އެގޮތުން ފަސް ކިލޯމީޓަރު ދުވާ މަގުތަކުގައި ދުވުންތެރިންނަށް ހިތްވަރުދިނުމުގެ ގޮތުން ހާއްސަ ހަރަކާތްތަކާއި، ކާބޯތަކެތި ވިއްކާ ސްޓޯލްތަކުގެ އިތުރުން އެކި ހަރަކާތްތައް ސެންޓްރަލް ޕާކުގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދިޔައެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން، ޑީއެމްއާރްއާރް 2025 އަކީ ވެސް ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ. މިއަދު ދުވުން ކުރިއަށް ދިޔައިރު ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ މަސައްކަތްތައް ވަނީ ކޮށްފައެވެ.
މިއަހަރުގެ ދުވުން އެންޑޯޒްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާއަކަށް، އެ ފަރާތްތަކުގެ ޕްރޮގްރާމްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ޖުމުލަ 200،000 ރުފިޔާގެ ފައިސާގެ އެހީތެރިކަން ދިރާގުން ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވެސް ހަމަހަމަކޮށް އެ ޖަމިއްޔާތަކަށް ހަދިޔާކުރުމަށް ވެސް ދިރާގުން ވަނީ ނިންމައިފައެވެ.
މުހައްމަދު އިޝާން
ދިރާގު ރޯޑް ރޭސް
ދިރާގު ރޯޑް ރޭސް
ދިރާގު ރޯޑް ރޭސް
ދިރާގު ރޯޑް ރޭސް