މާލެއިން ނޭޕާލް އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ނޭޕާލް ރައްޔިތެއްކަމަށްވާ ޕޫރްނީމާ ގަޖްމާ (19އ) އެވެ.

ފުލުހުން މިރޭ ބުނީ ޕޫރްނީމާ ހޯދަމުންދަނީ މިމަހުގެ 21 ދުވަހުގެ މެންދުރު 2:00 އެހައިކަންހާއިރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާކަމަށް މިމަހުގެ 23 ވަނަ ދުވަހުގެ އިރުއޮއްސި 06:56 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ކަމަށެވެ.

ޕޫރްނިމާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު ކަމާ ގުޅުންހުރި ހުރިހާ ޑިޕާޓްމެންޓުތަކަށް އެކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ޕޫރްނިމާ ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ.

"ވީމާ، ޕޫރްނީމާ ގަޖްމާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި، މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ..،" ފުލުހުން ބުންޏެވެ.