އެމެރިކާއިން ޕްރެޝަރު ކުރިޔަސް ބޯ ނުލަނބާނެ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން ވިދާޅުވެއްޖެއެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން އިއްޔެ ވިދާޅުވީ އެމެރިކާއިން ކުރަމުން އަންނަ ޕްރެޝަރާއި ދެމުން ދާ އިންޒާރަށް ބޯ ނުލަނބާނެ ކަމަށާއި އެކަމުގެ ސަބަބުން ރަޝިޔާއަށް ހަމަލާއެއް ދީފި ނަމަ ސީރިޔަސް ރައްދެއްވެސް ދޭނެކަމަށެވެ.
ޕޫޓިން ވަނީ ރަޝިޔާއަށް އެމެރިކާއިން ކިތަންމެ ޕްރެޝަރެއް ކޮށް ފިޔަވަޅު އަޅާފައިވާކަމަށާއި އެކަމުގެ ސަބަބުން އެ ގައުމުގެ އިގްތިސޯދަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.
އެމެރިކާގެ ރައީސް ޓްރަމްޕްގެ ސަރުކާރުން ޔޫކްރޭނަށް ދިގުރާސްތާ މިސައިލު ދިނުމަށް ނިންމާފައިވާކަމަށް ވޯސް ސްޓްރީޓް ޖާނަލް އިން ރިޕޯޓުކޮށްފައިވާއިރު އެކަމުގައި ދެކެނީ ކޮންގޮތަކަށްތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވަނީ އެ މިސައިލު ބޭނުންކޮށްގެން ރަޝިޔާއަށް ހަމަލާ ދީފިނަމަ އެކަމުގެ ބަދަލު ވަރަށް ހިތި ވާނެ ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުން އެމެރިކާއިން ޔޫކްރޭނަށް ދިނުމަށް ނިންމާފައިވާ ދިގުރާސްތާ މިސައިލަކީ 3000 ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެކެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު