ޗައިނާ ސަރުކާރުގެ އެހީގައި މާލެ އާއި ވިލިމާލޭގެ މަގުތައް އަލުން ތަރައްގީކުރަން ހިންގާ މަޝްރޫއުގެ ޑިޒައިން މަސައްކަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ކޮންސްޓްރަކްޝަން މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ، އެގައުމުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގް ޝިއަންވާ އެވެ.
ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ދެއްވި މީޑިއާ ސްޓޭޓްމެންޓްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ޗައިނާ އިން ދޭ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މަގު ހެދުމުގެ މަޝްރޫއަށް ކަމަށެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހަމަ އެމަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ މާލޭގެ ހުރިހާ މަގެއްގައި ސްޓޯމް ވޯޓާ ސިސްޓަމް ގާއިމުކޮށްގެން ހެދުމަށް އެތައް 100 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ކުރަން ރޭވިފައިވާ ކަމަށެވެ.
މުއްތަލިބް ވިދާޅުވެފައިވަނީ މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އެ ބޮޑު މަޝްރޫއު ނިމުމުން ކަމަށެވެ. އެ ޕްރޮޖެކްޓް ކުރިއަށްގެންދަން ނިންމާފައިވަނީވެސް އުތުރު ފަރާތުން ސީވޯލް ބޭރަށް ޖައްސައި އެ މަގުވެސް ފުޅާކޮށްގެން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އާއިޝަތު މާހާ
މަގު ހެދުން
މަގު ހެދުން
މަގު ހެދުން