އައްޑޫ ސިޓީގެ، ކަރަންޓު މައްސަލަ ހައްލުކުރުމުގެ ގޮތުން ފަނަކަ ކޯޕަރޭޝަނުން، އެ ސިޓީއަށް 1.6 މެގަވޮޓްގެ ޖަނެރޭޓަރެއް ގެންގޮސްފިއެވެ.
ފެނަކައިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އައްޑޫއަށް ގެންދިޔަ ޖަނެރޭޓަރު މިހާރު އެ ރަށަށް ބާލައިފައިވާ ކަމަށެވެ.
ފެނަކައިން މީގެކުރިން ބުނި ގޮތުގައި އެ ޖަނަރޭޓަރުގެ އިތުރުން އައްޑޫއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމިންސް ބްރޭންޑްގެ 1.8 މެގަވޮޓްގެ އާ ދެ ޖަނަރޭޓަރު ވަނީ މާލެއަށް ގެންގޮސްފައި ކަމަށާއި އެ ދެ ޖެނެރޭޓަރު އައްޑޫއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި އައްޑޫއަށް ބޭނުންވާ އިތުރު ޖެންސެޓެއް ހޯދުމުގެ މަސައްކަތްވެސް ފެނަކައިން ދަނީ ކުރަމުންނެވެ.
މުހައްމަދު އިޝާން
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން