މީގެ ކުރިން އޮތް އެމްޑީޕީ ސަރުކާރު ދިޔައީ 50 މިލިޔަން ރުފިޔާއިން އިސްލާމިކް މިނިސްޓްރީ ދަރުވާލާފައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް، މިނިސްޓަރާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ނާޒިލް ސުވާލު ކުރެއްވީ ހިތަދޫގައި އެމްޑީޕީ ސަރުކާރުން އަޅަން ފަށާފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުދަނީ ކޮންޓްރެކްޓަރަށް ފައިސާ ނުދީގެން ކަމަށް ކޮންޓެކްޓަރު ބުނާ ކަމަށާއި، އެއީ ކިހިނެއް ހިނގާ ކަމެއްތޯ އާއި ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި އެތަން ނިމޭނެތޯ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މެންބަރު ހިއްސާ ކުރެއްވި މައުލޫމާތަކީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަަމަށެވެ. އެ މަސައްކަތް ހަވާލުކުރި ކުންފުނީގެ އެއްވެސް ބިލަކަށް މި ސަރުކާރުން ފައިސާ ނުދައްކައި ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ހުރިހާ ބިލަކަށް ފައިސާ ދައްކާފަ އޮންނާނީ ކެޕޭސިޓީ ނެތް ފަރާތްތަކަކަށް މަސައްކަތް ހަވާލު ކުރީމަ މަސައްކަތް ލަސްވެެގެންދަނީ،"
މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އިސްލާމީ ދާއިރާގެ މަޝްރޫއުތައް އެމްޑީޕީ ސަރުކާރުން 50 މިލިޔަން ރުފިޔާ ނުދައްކަން އޮތް ކަމަށެވެ. ތަކުރާރުކޮށް މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން ދިޔައީ 50 މިލިއަނުން އިސްލާމިކް މިނިސްޓްރީ ދަރުވާލާފައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ހުރިހާ މަޝްރޫއެއް ނިންމުމަށް ސަރުކާރުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ހާއްސަކޮށް އިސްލާމީ ދާއިރާގެ މަޝްރޫއުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.
އިސްލާމީ ދާއިރާގެ މަޝްރޫއުތައް ނިންމަން މިދިޔަ ދެ އަަހަރުގެ ތެރޭގައި 170 މިލިޔަން ރުފިޔާ ޕްރައިވެޓް ސެކްޓާގެ ކުންފުނިތަކަށް ދޫކޮށްފައިވާ ކަަމަށް ޝަހީމް ވިދާޅުވެއްޖެއެވެ.
"އެގޮތުން ޕްރައިވެޓް ސެކްޓާގެ ކުންފުނިތަކަށް މަޝްރޫއުތައް ނިންމަން މިދިޔަ ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި 170 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވީ ދޫކޮށްފަ އެއީ މަޝްރޫތަކަށް،" ޝަހީމް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު