އެޗްޑީސީއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިއަހަރުގެ މިހާތަނަށް 223 މިލިއަން ރުފިޔާ، ރިކަވާ ކުރެވިފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރަންޖެހޭ ކަންތައްތަކުގެ ރެކޮމެންޑޭޝަންތަކެއްް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެ ކުންފުންޏަށް ވަނީ ފޮނުވައިފައެވެ.
އެ ރެކޮމެންޑޭޝަނާ އެއްގޮތަށް ކުންފުނިން ކުރަމުންދާ މަސައްކަތްތަކާބެހޭ މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ވަނީ ހާޒިރުކޮށްފައެވެ.
މިއަދުގެ ބައްދަލުވުމުގައި ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ ޗީޕް ފައިނޭސިން އޮފިސަރު ވިދާޅުވީ، ނުލިބިވާ ފައިސާ ހޯދުމަށްޓަކައި ރެކޮމެންޑޭޝަންތައް ހިމަނައިގެން މަޖިލީހުން ފޮނުވި ރިޕޯޓާ ގުޅިގެން މިއަހަރުގެ ތެރޭގައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަަމަށެވެ.
"އެގޮތުން އެންމެ ހާއްސަގޮތެއްގައި މިއަހަރުތެރޭގައި އިންޕްލިމެންޓް ކުރެވުނު ސްޓްރެޓަޖީއަކީ ކަސްޓަމަރުންގެ ހުރިހާ ކްރެޑިޓް އިންފޮމޭޝަނެއް އެމްއެމްއޭގެ ކްރެޑިޓް ބިއުރޯގައި ރެޖިސްޓާކޮށް އެ އެއްޗެހިތައް ބަރާބަރަށް ކޮންމެ މަހަކު އަޕްޑޭޓް ކުރެވެމުން ދިއުން، އޭގެ ސަބަބުން އަޅުގަނޑުމެންގެ ރިކަވަރީ ވަރަށްބޮޑުތަން ރަނގަޅުވެގެން އަންނަތަން ފެނޭ،،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުންފުނި ތެރޭގައި ހުރި ޗެލެންޖްތައް ހައްލުކޮށް އެކަންތައްތައް ފެށުނީ މިއަހަރުގެ މާޗްމަހުގެ ތެރޭގައި ކަމަށެވެ. އެކަމުގެ ސަބަބުން ވޭތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ނަތީޖާ ފެންނަމުންދާ ކަަމަށްވެސް ވިދާޅުވިއެވެ.
"މިހާރުވެސް ކަސްޓަމަރެއް ބޭންކަށް ގޮސްފަ ކްރެޑިޓް ފެސިލިޓީއަކަށް ނޫނިއްޔާމު ފައިނޭޝަން އިންސްޓިޓިއުޓަކަށް ގޮސްފަ ކްރެޑިޓް ފެސިލިޓީއަަަކަށް އެޕްލައިކުރާ ހިސާބުން އަޅުގަނޑުމެންނަށް ފައިސާ ދައްކާ ކަސްޓަމަރުން ފައިސާގެ ހިސްޓްރީއާ ހުރިހާ އެއްޗެސް އެބަ ބަލާ އަޅުގަނޑުމެންގެ ކޮންފޮމޭޝަނެއް އެބަ ހޯދާ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެގޮތަށް ރަޖިސްޓްރީ ކުރަމުންދަނީ، ރެސިޑެންސީ ކަސްޓަމަރުން ނޫން ކަަމަށާއި މައްސަލައެއް ހައްލުކުރަން ޖެހިފައިނެތް، ކޮމާޝަލް ހުރިހާ ކަސްޓަމަރުން ވެސް އެމްއެމްއޭގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.
ނަތީޖާއެއްގެ ގޮތުން މިއަހަރުގެ މިހާތަނަށް 223 މިލިއަން ރުފިޔާ ރިކަވާ ކުރެވިފައިވާ ކަމަށާއި، މިއީ މިދިޔަ މުޅި އަހަރާބަލާއިރު ބޮޑު އަދަދެއް ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިދިޔަ 2024 ވަނަ އަހަރު ރިކަވާ ކުރެވުނީ 220 މިލިއަން ރުފިޔާ ކަމަށެވެ. އަދި މިއަހަރުގެ ކުރިއަށްއޮތް ތަނުގައި ރިކަވާ ކުރެވުނު ފައިސާގެ އަދަދު 41 އިތުރުވާ ތަން ފެންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ