ހައްދުންމަތި ފޮނަދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމްގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވައިފި އެވެ.
ރައީސް އެ ހިދުމަތް ފައްޓަވައިދެއްވީ މިއަދު ފޮނަދޫއަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެމްއައިބީ އޭޓީއެމްގެ ހިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ ހަނދާނީ ބޭންކު ކާޑެއް އެރަށު ކައުންސިލާ ހަވާލުކުރައްވައިފައެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމެވެ. މި އަމާޒު ހާސިލުކުރުމަށްޓަކާ ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް)އާއި އެމްއައިބީއާ ގުޅިގެން ސަރުކާރުން ވަނީ ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ.
އެމްއައިބީގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ތެރެއިން މިއަހަރު އިތުރު 19 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. މި 19 ރަށުގައި ޑޮލަރު އޭޓީއެމް ހިމެނޭހެން 23 އޭޓީއެމެއް ބަހައްޓާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ފާތިމަތު ލިއުޝާ
ލ. ފޮނަދޫ
ލ. ފޮނަދޫ
ލ. ފޮނަދޫ
ލ. ފޮނަދޫ