ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު އެއް ފުޑް އެންޑް ބެވަރޭޖް އެގްޒިބިޝަން ކަމަށްވާ ހޮޓެލް އޭޝިޔާ އެގްޒިބިޝަން 2025 ގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ބައިވެރިވެ، އެ އެގްޒިބިޝަންގައި ރާއްޖޭގެ ބާޒާރަށް މުޅިން އަލަށް ތައާރަފުކުރާ ހަތަރު ބްރޭންޑު ލޯންޗުކޮށްފިއެވެ.
އެސްޓީއޯއިން ބުނިގޮތުގައި އެ ކުންފުނީގެ ސްޓޯލްގައި، އާންމުންގެ ތެރޭގައި މަޝްހޫރު ބްރޭންޑުތައް ކަމުގައިވާ ޑެވޮންޑޭލް، ރެމިންގްޓަން، ފްރަގާޓާ އަދި ޗޮއިސް ބްރޭންޑުގެ އުފެއްދުންތައް އާންމުންނަށް ފެންނާނެހެން ޑިސްޕްލޭ ކޮށްފައި ހުންނާނެ ކަމަށެވެ. އަދި އެ ޕްރޮޑަކްޓްތަކުގެ މައުލޫމާތު ސްޓޯލްއަށް ޒިޔާރާތް ކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ.
އޭގެ އިތުރުން، އެސްޓިއޯއިން ރާއްޖޭގެ ބާޒާރަށް އެތެރެކުރި ކެމްޕާ ބްރޭންޑުގެ ޖޫސް، މެކް ކޮއިޓީގެ ސައިފަތް، އޮލިމްޕަސް ބްރޭންޑުގެ ޔޯގަޓާއި ޗީޒް އަދި ޗިއޯސް ބެރޭންޑުގެ ޖޫސްވެސް އެ ސްޓޯލުން ލިބޭނެ ކަމަށެވެ.
އެސްޓީއޯއިން ބުނީ އެ ސްޓޯލުން މާލޭގެ އެންމެ މަޝްހޫރު، ހާއްސަކޮށް ޒުވާނުންގެ ތެރޭގައި ނަންވިކޭ އެއް ކެފޭ ކަމުގައިވާ 'ކޮފީ ސްޓޭޓް' އާ ގުޅިގެން ހިލޭ ސާމްޕަލްތައް ދޭނެ ކަމަށެވެ. އެ ސާމްޕަލްތަކަކީ އެސްޓީއޯއިން ތައާރަފުކުރި ޗިއޯސް ގަރޑަން ބްރޭންޑުގެ ޖޫސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ރަހަ މީރު ބުއިންތައެއް ކަމަށެވެ.
އޭގެ އިތުރުން އެސްޓީއޯގެ ސްޓޯލަށް ޒިޔާރަތްކޮށްގެން ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށެވެ.
މި އެގްޒިބިޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 7:00 އަށް، ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ.
އާއިޝަތު މާހާ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ