ފަންނީ އަދި ތައުލީމީ ބޭރު މީހުން ވަކި މުއްދަތެއްގައި އައްޑޫ ސިޓީގައި ވަޒީފާ އަދާކުރުމަށް ޝަރުތުކޮށް ސިޓިޒެންޝިޕް ދިނުމުގެ ހިޔާލު ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރައްވައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލް އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ވަކިވަކި ރަށްރަށުގައި ކައުންސިލުތައް ގާއިމުކުރުމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދަން އަންނަ ހޮނިހިރު ދުވަހު ވޯޓެއް ނެގުމަށް ވަނީ ނިންމައިފައެވެ.
އެ ވޯޓު އަހަނީ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލުތަކެއް ގާއިމްކުރަން ފެނޭތޯއާއި ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ގުޅޭ ގޮތުންނެވެ.
އެކަމާ ގުޅޭ ގޮތުން އެކްސްގައި ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައްޑޫ ބައިކުރުމުން ވަކިވަކި ރަށްތަކަށް ލިބޭނެ އިތުރު ފައިދާއެއް ނެތް ކަމަށެވެ.
ނަޝީދު ވިދާޅުވީ އައްޑޫގެ ތަަރައްގީއަށް އެންމެ ބޮޑަށް ބޭނުމީ ދިރިއުޅޭ އާބާދީ އިތުރުކުރެވޭނެ ގޮތެއް ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި، ގާނޫނުއަސާސީގައި ބުނާ ޝަރުތު ހަމަވާ، ފަންނީ އަދި ތައުލީމީ ބޭރު މީހުންނަށް ވަކި މުއްދަތަކަށް އައްޑޫ ސިޓީގައި ވަޒީފާ އަދާކުރުމަށް ޝަރުތުކޮށް ދިވެހި ރައްޔިތުކަން ދިނުމަކީ ރަނގަޅު ސިޔާސަތެއް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އިސްލާމީ އުންމަތުގައި މިފަދަ ފުރުސަތުގެ ބޭނުން ހިފާނެ ޒުވާން އިންޖިނިއަރުންނާއި ޑޮކްޓަރުންނާއި ޓީޗަރުން އަދި މިނޫން ވެސް ފަންނީ މީހުން ވަރަށް ގިނަ ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އައްޑޫއަކީ ބައިލައްކަ މީހުން ދިރިއުޅޭ ސިޓީއަކަށް ހެދިދާނެ ކަމަށެވެ.
އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އައްޑޫ ސިޓީއަށް ރަޖިސްޓްރީވެފައިވާ 35،359 ދިވެހިން އެބަތިއްބެވެ.
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ބޭރު ބަޔަކަށް ރައްޔިތުކަން ދެނީ ކީއްކުރަންތޯ. ދިވެހިންނަށް ކަންކަން ރަނގަޅުކޮށްދީގެން އާބާދީ އިތުރުކުރަން ވިސްނަންވީ. ނަޝީދުއަކީ ދިވެހީންގެ ހަމަޖެހުން ނަގާލަން އުޅޭ މީހެެއް. މިހާރު މާލޭގެ ހާލަތު ބަލައިލަބަލަ. މާލޭގައި އެންމެން ގަނަތެޅެނީ. ފައިސާ ހުއްޓަސް ނެތަސް ހަމަޖެހުމެއްނެތް. ނަޝީދު އާއި އެބޭފުޅާގެ ހިޔާލުތައް ދޫކޮށްލަންްޖެހިފައި މިވަނީ.
ދުތްކާރު - 8 މަސް ކުރިން
މީނާ މިހާރު މަސައްކަތް މި ކުރަނީ ދިވެހި މުޖުތަމައު ހަލާކުކޮށްލާންބާ.
ާައަހުމަދު - 8 މަސް ކުރިން
މަނިކުފާނު ދިވެހިރައްޔިތުންނާއިމެދުގަ ތަފާތުކުރުންއިންތިހާޢަށް ގެންގުޅުެއްވާކަމުގެ ސާފްދަލީލެއް ތިކަމުންވެސް ދޭހަވަނީ
ދަންޑަހިލު - 8 މަސް ކުރިން