ލ. މާވަށު ވޮލީކޯޓާއި ފިޓްނަސް ސެންޓަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ފަށައިފިއެވެ.
މާވަށު ވޮލީކޯޓާއި ފިޓްނަސް ސެންޓަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެރަށަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްޕޯޓްސް މިިސްޓަރު އަބްދުﷲ ރާފިއު އެވެ.
އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ރިޓަޔާޑް ޑީސީޕީ އަހުމަދު ސައުދީ ބައިވެރިވެވަޑައިގެންނެވިއެވެ.
މާވަށު ވޮލީކޯޓު މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 1.24 މިލިޔަން ރުފިޔާއަށް 129 ދުވަހުން ނިންމައި ހަވާލުކުރާގޮތަށެެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:
- ބިންގަނޑު އެއްވަރުކުރުން.
- ކޮންކްރީޓުގެ މަސައްކަތް.
- ދަނގަޑުގެ މަސައްކަތް.
- ކަރަންޓު މަސައްކަތް.
- ޓާފް އެޅުން.
- އިކުއިޕްމަންޓް ހަރުކުރުން.
މާވަށު ފިޓްނަސް ސެބންޓަރު ތަރައްގީކުރުން އެމްޓީސީސީއާ ހަވާލުކުރީ 4.94 މިލިޔަން ރުފިޔާއަށް 240 ދުވަހުން ނިންމާގޮތަށެވެ.
ފާތިމަތު ލިއުޝާ
ލ. މާވަށު
ލ. މާވަށު
ލ. މާވަށު
ލ. މާވަށު