ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާވަށް / ބޭސްގެ، މުހައްމަދު އިބްރާހީމް (43އ) ކަމަށެވެ.
އޭނާ ހައްޔަރު ކުރީ މިދިޔަ އަންގާރަ ދުވަހުގެ ރޭ މާވަށު ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނާއަށް ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރި އިރު މަސްުތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 63 ރަބަރު ޕެކެޓު ފެނިފައިވާތީއެވެ.
މި މައްސަލައާ ގުޅިގެން މުހައްމަދު އިބްރާހީމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް