ފުރާޅުން ޓިނު ނަގައިގެން ފިހާރައަކުން ސިނގިރޭޓް ކާޓޫން ތަކަކާއި ސިނގިރޭޓް ފޮށިތަކެއް ވަގަށް ނެގި މީހަކު ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ރ. ރަސްގަތީމު ރަސްރީތި އިބްރާހިމް ސަފްވާންގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރިއެވެ.
އެއް ދައުވާއަކީ ބާޒާރުމަތީގައި ހުންނަ ގޮވެލި ފިހާރައިން ކެމަލް ހާޑް ބްރޭންޑްގެ 30 ސިނގިރޭޓް ކާޓޫނާއި، ކެމަލް ލައިޓް ބްރޭންޑްގެ ދެ ކާޓޫނާއި ކެމަލް ލައިޓް ބްރޭންޑްގެ 8 ފޮށި ސިނގިރޭޓް ވަގަށް ނަގައިގެން ވައްކަން ކުރުމުގެ ދައުވާއެވެ. އަނެއް ދައުވާއަކީ އެ ފިހާރައިގެ ފުރާޅުން ޓިނުގަނޑެއް ހަލާކު ކޮށްލާފައިވާތީ، މުދަަަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގައި އޭނާވަނީ ދެ ދައުވާއަށް އިއުތިރާފުވެ ދައުލަތާދެމެދު އިއުތިރާފުގެ އެއްބަސްްވުމެއް ހަދައި ޝަރީއަތަށް ހުށަހަޅައިފައެވެ.
އެހެންކަމުން ވައްކަން ކުރުމުގެ ކުށުން އޭނާ ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކުރިއެވެ.
ޖަލު ހުކުމްގެ އަދަބު ހަތަރު ދުވަހަށް ގޭބަންދަން ބަދަލުކޮށް 28400 ރުފިޔާއިން ޖޫރިމަނާކޮށް ހަ މަސްދުވަހުގެ ތެރެގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރީޓިއަށް އެ ފައިސާދައްކަން ވަނީ އަންގައިފައެވެ.
މީގެ އިތުރުން މުދަަަލަށް ގެއްލުންދިނުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، 18 ދުވަހަށް ޖަލަށް ހުކުމްކޮށް، ޖަލު ހުކުމްގެ ބަދަލުގައި 3600 ރުފިޔާއިން ޖޫރިމަނާކޮށް ދެ މަސްދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރީޓިއަށް ދައްކަން ވަނީ އަންގައިފައެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް