ދާރުލް އާސާރުން 12 ލޮރީގެ ކުނި އުކާލި މައްސަލައިގައި ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމްއާ ސުވާލު ކުރަން ރައްޔިތުންގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މިކަމާ ބެހޭގޮތުން މިނިސްޓަރާ ސުވާލު ކުރަން ހަމަޖެހިފައިވަނީ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރެވެ.
މެންބަރު ސަމީރު މިނިސްޓަރާ ސުވާލުކުރަން ހަމަޖެހިފައިވަނީ، ދާރުލް އާސާރުގެ އެތެރެ އިތުރަށް ރަނގަޅުކުރަން މަސައްކަތް ފެށިއިރު 12 ލޮރީގެ ކުނި އެތަނުން ބޭރުކުރިކަމަށް، 16 އެޕްރީލް 2025 ގައި މިނިސްޓަރު ވިދާޅުވެފައިވާ އިރު، އެތަކެތީގެ ރިކޯޑުތައް ނުވަތަ، ފޮޓޯ އާއި ވީޑިއޯ ނަގާފައިވޭތޯ، އާއި އެތަނުގައި ހުރި އާސާރީތަކެތީގެ ތެރެއިން އެއްވެސް އެއްޗެއް ނައްތާލާފައިނުވާކަން ޔަގީންކުރެއްވިތޯއެވެ.
މީގެ އިތުރުން 12 ލޮރީގެ ކުނި ކަމަށް މިނިސްޓަރު ވިދާޅުވި، ތަކެއްޗަކީ ބޭނުންނެތް ތަކެތިކަމަށް ކަނޑައެޅުއްވީ ކިހިނެއްތޯ އާއި، އެ ނިންމުން ނިންމެވީ ފަންނީ ބޭފުޅުންތޯ އާއި އެ ތަކެތީގައި ހިމެނެނީ ކޮން ބާވަތްތަކެއްތޯ ވެސް ސުވާލުކުރަން ވަނީ ހަމަޖެހިފައެވެ.
އިބްރާހިމް ޒަކީ
ކުރީގެ ދިވެހި ބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް