ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް ރާއްޖެއަށް ވަނީ، 1،743،577 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުވެސް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ.
އެންމެ ގިނައިން ފަތުރުވެރިން އައި ދިހަ ގައުމު
- ޗައިނާ - 284,933 ފަތުރުވެރިން
- ރަޝިއާ - 213,851 ފަތުުރުވެރިން
- އިނގިރޭސިވިލާތް - 152,884 ފަތުުރުވެރިން
- ޖަރުމަނު - 126,892 ފަތުުރުވެރިން
- އިޓަލީ - 116,705 ފަތުުރުވެރިން
- އިންޑިއާ - 100,596 ފަތުުރުވެރިން
- އެމެރިކާ - 50,529 ފަތުުރުވެރިން
- ފްރާންސް - 44,859 ފަތުުރުވެރިން
- ސްޕެއިން - 42,280 ފަތުުރުވެރިން
- އޮސްޓްރޭލިއާ - 33,319 ފަތުރުވެރިން
ރާއްޖެއަށް އެވްރެެޖުކޮށް ކޮންމެ ދުވަހު 5000 ފަތުރުވެރިން އަންނައިރު ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.
އަލީ ޔާމިން
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް