ޑާކާ އެއާޕޯޓުގެ ކާގޯ ޓާމިނަލްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ މައިއެއާޕޯޓުގެ ކާގޯ ޓާމިނަލްގައި އަލިފާން ރޯވުމާއެކު އެ އެއާޕޯޓުގެ އޮޕަރޭޝަން ވަނީ މަޑުޖައްސައިލައިފައެވެ.
ޑާކާގެ ހަަޒްރަތް ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުގެ ކާގޯ ޓާމިނަލްގެ ބައެއްގައި އިއްޔެ ރޯވި އަލިފާން ކޮންޓްރޯލް ވެފައިވަނީ ފަޔަފައިޓަރުން ހަ ގަޑިއިރު ވާންދެން މަސައްކަތްކޮށްގެން ކަމަށް އޮފިޝަލުން ބުނެއެވެ.
ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަން އެންޑް ޓުއަރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވާގޮތުން އެއާޕޯޓުގެ ކާގޯ ޓާމިނަލްގައި ރޯވި އަލިފާން ނިއްވާލައި ފްލައިޓު އޮޕަރޭޝަންތައް ވަނީ އަލުން ފަށައިފައެވެ.
އަލިފާން ނިއްވުމުގެ އޮޕަރޭޝަންގައި އެ ގައުމުގެ އާމީ އާއި ނޭވީގެ އިތުރުން އެއާ ފޯސްވެސް ބައިވެރިވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
އެއާޕޯޓުގެ ކާގޯ ޓާމިނަލުގައި ރޯވާން މެދުވެރިވި ސަބަބު އަދި ހޯދިފައި ނުވާއިރު އޮފިޝަލުން ވަނީ ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ގުޅިގެން ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
އަލިފާން ރޯވުމުގެ ސަބަބުން އެއް ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާކަމަށް ބެލެވޭކަމަށް އެއާޕޯޓުގެ އޮފިޝަލުންނާއ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެއެވެ.
މުހައްމަދު އައުޒަމް
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް