ހދ. ނޭކުރެންދޫ 'ނަސްރު' ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ހދ. ކުމުންދޫގެ ވިޔަފާރިވެރިންނާއި ރައްޔިތުންނަށް ލިބުނު މާލީ ގެއްލުން ދެނެގަތުމަށް ނޭކުރެންދޫ ކައުންސިލުން އެދިއްޖެ އެވެ.
މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ 'ނަސްރު' ބޯޓު ދިޔަވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވީ ނިމިދިޔަ ބުރާސްފަތި ދުވަހުގައެވެ.
އެމްއެންޑީއެފުން އެދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ބޯޓުގައި ތިބި ފަސް ފަޅުވެރީން ކޯސްޓުގާޑުގެ ހާބާ ކްރާފްޓަށް ނަގާފައިވާ ކަމަށެވެ.
ނޭކުރެންދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ 'ނަސްރު' ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ކުމުންދޫގެ ވިޔަފާރިވެރިންނާއި ރައްޔިތުންނަށް ލިބުނު މާލީ ގެއްލުން ދެނެގަތުމަށް އެ ކައުންސިލުން ބޭނުންވާ ކަމަށާއި މި ލިންކް https://forms.office.com/r/5nZTjagdn3?origin=lprLink މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް އެދޭ ކަމަށެވެ.
އެ މައުލޫމާތު އެއްކުރަނީ ކައުންސިލުން ތައްޔާރު ކުރަމުން އަންނަ ރިޕޯޓަކަށެވެ. އެ ރިޕޯޓް ނޭޝަނަލް ޑިސާސްޓާ މެނޭޖްމެންޓް އޮތޯރިޓީއާ ހިއްސާ ކުރާނެ ކަމަށާއި ގެއްލުމުގެ ބަދަލު ހަމަޖެއްސުން އެއީ ޑިސާސްޓާ މެނޭޖްމެންޓް އޮތޯރިޓީގެ ފަރާތުން ކުރާކަމެއްކަމުގައެވެ. ފޯމު ހުށަހެޅުމުުގެ ސުންގަޑިއަކީ އަންނަ ހޯމަދުވަހެވެ.
ފާތިމަތު ލިއުޝާ
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް