ދ. އަތޮޅު ކައުންސިލް ރައީސް އަހުމަދު ޝާފިއު އާއި ސެކްރެޓަރީ ޖެނެރަލް، ކައުންސިލް ބަޖެޓުންނާއި، ކައުންސިލްގެ މުދަލުން އަމިއްލަ މަންފާ ހޯދާ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި މައްސަލަތައް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްގީއޭ) އަށް އެ ކޮމިޓީން ފޮނުވައިފިއެވެ.
މާލިއްޔަތު ކޮމިޓީއަށް އަމިއްލަ ފަރާތަކުން ފޮނުވާފައިވާ އެ ކަމާބެހޭ މައްސަލަތަކުގައި ބޮޑެތި ތުހުމަތުތަކެއް އެ ދެފަރާތަށް ވަނީ ކޮށްފައެވެ.
އެގޮތުން، އެއްވެސް އުސޫލެއް، ހަމައެއް ނެތި ކައުންސިލް ބަޖެޓުން ހަރަދުކޮށްގެން އަމިއްލަ ބޭނުންތަކުގައި އިރުއިރުކޮޅާ މާލެ ގޮސް އެއީ ރަސްމީ ދަތުރުތައް ކަމަށް ހަދައި ކޮއްތާއި ހުރުމުގެ އެލަވަންސް ނަގަމުންދާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
އޭގެ އިތުރުން އަތޮޅު ކައުންސިލަށް އޮންނަ ރަށްތަކުގެ ތެެރެއިން އެއްރަށުުގެ 21 އަހަރު ދުވަހުގެ ކުލި އެއްްފަހަރާ ނެގުމަށްފަހު، އެ ދެމީހުންނަށް މަލީ މަންފާ ލިބޭގޮތަށް ބަޔަކަށް ކުއްޔަށްދިނުމުގެ އިތުރުން ދ. ހޮޅުވެހި ކިޔާ ފަޅުރަށް އެ ދެމީހުންނަށް މަންފާ ލިބޭގޮތަށް ގާނޫނާ ހިލާފަށް 10 އަހަރަށް ކުއްޔަށް ދިނުން ވެސް ހިމެނެއެވެ.
އާންމު މީހަކު އެ މައްސަލަތައް ހުށަހެޅި ސިޓީގައި ބުނެފައިވަނީ، ސިވިލް ސާވިސްގެ ވަޒީފާއެއް އިއުލާން ކުރުމުން، އެ ދެމީހުން ބޭނުންވާ ފަރާތްތައް ކުރިމަތި ނުލައިފިނަމަ އެ އިއުލާނަށް މީހުން ނުނަަގައި ބާއްވާ ކަމަށާއި، އެ އަހަރަށް ކުރަން ރާވާފައި ނުވާ ކަންތައްތަކަށް، އެ ދެމީހުން ބޭނުންވާ ވަގުތަކު އަތޮޅު ކައުންސިލްގެ ބަޖެޓުން ހަރަދުކުރާ ކަމަށްވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން އަތޮޅު ކައުންސިލްގެ ހަރު މުދާ ކަމަށްވާ އަތޮޅު ލޯންޗު، މި ދެމީހުންގެ އަމިއްލަ މަންފާއަށް ބޭނުން ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައަށް ކޮމިޓީން މަޝްވަރާކުރުމަށްފަހު، މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބެލުމަށްފަހު ފާހަގަކުރެވުނު ކަންތައްތައް ކޮމިޓީއަށް އެންގުމަށް އެދި އޭސީސީ އާއި އެލްޖީއޭއަށް ހުށަހަޅަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އިބްރާހިމް ޒަކީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ