ކެންޔާގެ އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ ހާޓް އެޓޭކެއްގައި އަވަހާރަވެއްޖެއެވެ.
ކެންޔާގެ އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ އަވަހާރަވެފައިވަނީ އިންޑިއާގައި ފަރުވާދެމުން ދަނިކޮށްކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އުމުރުން 80 އަަަހަރުގެ އޮޑިންގާ ފާހަގަ ވެފައިވަނީ އެފްރިކާގައި ސިޔާސީގޮތުން ނުފޫޒު ގަދަ އަދި ނުރައްކާތެރި ލީޑަރެއް ކަމުގައެވެ.
އޮޑިންގާ އަކީ ކުރީން ކެންޔާގެ ބޮޑުވަޒީރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އެ ގައުމުގެ ރިޔާސީ އިންތިހާބުތަކުގައި އޮޑިންގާއަށް 5 ފަހަރު ނާކާމިޔާބީއާ ކުރިލައްވަން ޖެހިވަޑައިގެންނެވި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އިންޑިއާގެ ކެރެއްލާގެ ދެވަމަތާ ހޮސްޕިޓަލުގައި އޮޑިންގާ އަވަހާރަވެފައިވަނީ އިއްޔެ ކަމަށް އިންޑިއާގެ ފުލުހުން ބުނެއެވެ.
މުހައްމަދު އައުޒަމް
ކެންޔަ
ކެންޔަ
ކެންޔަ
ކެންޔަ