ބެލްޖިއަމް ބަޔަކު ސްމަގުލްކުރަން އުޅުނު 5،000 ހިންޏާއެކު ހައްޔަރުކޮށްފިއެވެ.
ބެލްޖިއަމް އަށް ނިސްބަތްވާ ދެ މީހަކު ކެންޔާއިން ހައްޔަރުކޮށް ދައުވާކޮށްފައިވާއިރު އެމީހުން އަތުން ވަނީ 5،000 ހިނި، ޓެސްޓު ޓިއުބްގައި ބަންދުކޮށްފައި ހުއްޓާ ފެނިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އުމުރުން 19 އަހަރުގެ ލޯނޯއީ ޑޭވިޑް އާއި ސެއްޕޭ ލޮޑެވިޖޭކްސް ނަމަކަށް ކިޔާ އެ ދެމީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. އެމީހުން ދިރިއުޅުނު ގެސްޓްހައުސްއިން އެ ހިނިތައް ފެނިފައިވާއިރު ނައިރޯބީގައި ހުންނަ ކޯޓުން ވަނީ އެ ދެމީހުންގެ މައްޗަށް ދައުވާ އުފުލައިފައެވެ.
ޓެސްޓް ޓިއުބުގައި ބަންދުކޮށް ގެންގުޅުނު އެ ހިނިތަކަކީ މަޖަލަކަށް އެއްކުރި ހިނިތަކެއް ކަމަށާއި އެއީ މަނާ ކަމެއްކަމެއް ނޭނގޭ ކަމަށް އެ ދެމީހުން ވަނީ ކޯޓުގައި ބުނެފައެވެ.
ކެންޔާގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ވަނީ އިތުރު އެހެން ބަޔަކުވެސް 400 ހިންޏާއެކު ހައްޔަރުކޮށްގެން ދައުވާ އުފުލާާފައިވާކަމަށް ރިޕޯޓުކޮށްފައެވެ.
ކެންޔާގެ ވައިލްޑްލައިފް ސާވިސްގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި، ދެ މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން މަސައްކަތްކޮށްފައި ވަނީ އެ ހިނިތައް ޔޫރަޕާއި އޭޝިޔާއަށް ޓްރެފިކް ކުރާށެވެ.
އޮފިޝަލުން ބުނާ ގޮތުގައި އެމީހުން ސްމަގުލް ކުރަން މަސައްކަތް ކޮށްފައިވަނީ އެފްރިކާއަށް ހާއްސަ ހިނިތަކެއް ކަމަށާއި އެއީ ކެންޔާގެ ތިމާވެއްޓާ ގުޅޭ ކަންކަމުގައި އެ ގައުމުން ބޭރުކުރުން މަނާކޮށްފައިވާ ހިނިތަކެއް ކަމަށް ބުނެފައެވެ.
ކެންުޔާގެ އޮފިޝަލުން ވަނީ ސްމަގަލް ކުރާ ހިނިތައް ބޭރު ގައުމުތަކުގައި ބޮޑު އަގުގައި ވިއްކާ ކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް